ހަވާއީ ފައިވް-0 ގައި ޑިޓެކްޓިވް ޖޭމްސް ޗެންގްގެ ރޯލުން މަޝްހޫރުވެގެން ދިޔަ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ކިއޯ ވޫލްފޯޑް އުމުރުން 49 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ ނިޔާވެފައި ވަނީ ހޯމަ ދުވަހު، ތިން ދުވަސް ކުރިން ޖެހުނު ސްޓްރޯކްއަކަށް ހަވާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
ސްޓޭޖްމަތީގައި ވޫލްފޯޑްވަނީ 2001-2002 އަށް "ދަ ކިންގް އެންޑް އައި"ގައި ސިއާމްގެ ރަސްގެފާނުގެ ރޯލް ކުޅެފައެވެ.
2013 ވަނަ އަހަރު އެތައް އެވޯޑްތަކެއް ލިބުނު ފިލްމެއް ކަމަށްވާ "ދަ ހޯމޭނާ" ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރީވެސް އޭނާއެވެ.
ވަރަށް ފަހުން އޭނާވަނީ އެފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔެ ނިންމާފައެވެ. އަދި ފިލްމްގެ އޮޑިޝަންތައް ފެށުމަށް ހަމަޖެހިފައި އޮތީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް ވޫލްފޯޑްގެ ޕަބްލިސިސްޓް ހާމަކުރެއެވެ.
ވޫލްފޯޑް ވަނީ "ފޯލިންގް ފޯ ގްރޭސް"، "ގޯޑްޒިލާ (2014)" އަދި "ހެޕީ، ޓެކްޒަސް" ގައިވެސް ކުދިކުދި ރޯލްތައް އަދާކޮށްފައެވެ.
ނަމަވެސް، އޭނާ އެންމެ މަޝްހޫރުވެފައިވަނީ 2010 ވަނަ އަހަރު ފެށުނު ސީރީސްއެއް ކަމަށްވާ "ހަވާއީ ފައިވް-0"ގައި ޑިޓެކްޓިވް ޖޭމްސް ޗެންގްގެ ރޯލް ކުޅެގެންނެވެ.
އެސީރީސްގައި ވޫލްފޯޑްއާއިއެކު ހަރަކާތްތެރި ފަންނާނުން ވަނީ ޓްވިޓާގައި އޭނާ ނިޔާވުމުގެ ޚަބަރާއި ގުޅިގެން ޓްވީޓްކޮށްފައެވެ.
Shocked to hear about the passing of @keowoolford, a talented artist and director who will be missed dearly. pic.twitter.com/QgsnvKOvHT
— Lynn Chen (@MsLynnChen) November 30, 2016
As talented as you were, I will remember you most for your kindness. Thank you for sharing your light with us, @KeoWoolford. Rest In Peace.
— Daniel Dae Kim (@danieldaekim) November 29, 2016
As talented as you were, I will remember you most for your kindness. Thank you for sharing your light with us, @KeoWoolford. Rest In Peace.
— Daniel Dae Kim (@danieldaekim) November 29, 2016