އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ޑޯނަލްޑް ޓްރަމްޕް، އޭނާގެ އާމަސްއޫލިއްޔަތު ތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ގޮތުން، އޭނާގެ ވިޔަފާރި މުޅިން ދޫކޮށްލަނީ ކަމަށް އިޢުލާން ކޮށްފިއެވެ.
ޓްރަމްޕް ވަނީ މީގެ ކުރިން ވިޔަފާރި ބެހެލެހެއްޓުމާއި ރައީސްކަމުގެ ދައުރު އަދާކުރެއްވުމުގައި ކުރިމަތިވެދާނެ ހުރަސްތަކާއި ގުޅިގެން ފާޅުކުރެވެމުން ދިޔަ ކަންބޮޑުވުންތަކަށް ބީރެ ކަންފަތެއް ދެއްވާފައެވެ.
ނަމަވެސް ދަރިކަލުންނާއިއެކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިޔަފާރީގެ ކަންކަމަށް ގެންނަވަން ނިންމަވާފައިވާ ބަދަލުތައް ހާމަ ކުރައްވާނެ ކަމަށް މިހާރު ވަނީ ވިދާޅުވެފައެވެ. ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޯނަލްޑް ޓްރަމްޕް ޖޫނިއާ އަދި ދެވަނަ ދަރިކަލުން އެރިކް ޓްރަމްޕް އަކީ "ދަ ޓްރަމްޕް އޯގަނައިޒޭޝަން"ގެ އެކްޒެކެޓިވް ނައިބު ރައީސުންނެވެ.
ގޯލްޑްމެން ސެކްސްގެ ކުރީގެ އެކްޒެކެޓިވް ސްޓީވެން ނޫޝިން ވަނީ ޓްރަމްޕްގެ ކުންފުނީގެ ޓްރެޝަރީ ސެކެޓްރީގެ މަޤާމަށް އޭނާ އައްޔަން ކުރައްވާފައިވާކަން ކަށަވަރު ކުރައްވާފައެވެ.
ޓްރަމްޕްގެ ކެމްޕެއިންގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ނޫޝިން ވިދާޅުވި ގޮތުގައި ބިލިއަނަރު އިންވެސްޓަރެއް ކަމަށްވާ ވިލްބާ ރޮސް ވަނީ އެކުންފުނީގެ ކޮމާސް ސެކެޓްރީގެ މަޤާމަށް އިސްކުރައްވާފައެވެ.
ޓްރަމްޕްއާއި އޭނާގެ ޓްރާންސިޝަން ޓީމުން އަދި އެވާހަކަތައް ކަށަވަރު ކޮށްދީފައި ނުވެއެވެ.
އެހެންނަމަވެސް، މިއަދު 20 މިނެޓް ތެރޭގައި ކުރެއްވި ހަތަރު ޓްވީޓެއްގެ ޒަރިއްޔާއިން ޓްރަމްޕް ވަނީ އޭނާ ވިޔަފާރިއާއި ދުރަށްދާން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ވިޔަފާރި ދޫކޮށްލުމަކީ އެއްވެސް ޤާނޫނަކުން މަޖުބޫރުކުރާ ކަމަށް ނުވީނަމަވެސް، މިހާތަނަށް އެމެރިކާގެ ރައީސްކަން ކޮށްފައިވާ ހުރިހާ ރައީސުންވެސް ވަނީ ރިޔާސީ ދައުރުގައި އެބޭފުޅުންގެ ވިޔަފާރިތަކާއި ދުރަށް ޖެހިވަޑައިގެންފައެވެ. އަދި ޓްރަމްޕް ރައީސްކަމާއިއެކު އޭނާގެ ވިޔަފާރިތައްވެސް ބަލަހައްޓަވާނެކަމާއިމެދު އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
ރަސްމީގޮތުން ޓްރަމްޕް ރައީސްކަމާއި ހަވާލުވެ ވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މީގެ ކުރިން ނިއު ޔޯކް ޓައިމްސްއާއި މުޚާތަބު ކުރައްވަމުން، ޓްރަމްޕް ވިދާޅުވީ އޭނާގެ ދެޒިންމާ ވަކިކުރުމާއިމެދު ވިސްނާ ކަމަށާއި، އެހެންނަމަވެސް ދެކަންތައްވެސް އެންމެ ފުރިހަމައަށް ކުރެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ޓްރަމްޕްގެ ދަރިކަލުންގެ އިތުރުން، އޭނާގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްއަކީ ޓްރަމްޕްގެ ކުންފުނީގެ "ޑިވެލޮޕްމެންޓް އެންޑް އެކުއިޒިޝަންސް"ގެ އެކްޒެކެޓިވް ނައިބު ރައީސާއެވެ.
I will be holding a major news conference in New York City with my children on December 15 to discuss the fact that I will be leaving my …
— Donald J. Trump (@realDonaldTrump) November 30, 2016
great business in total in order to fully focus on running the country in order to MAKE AMERICA GREAT AGAIN! While I am not mandated to ….
— Donald J. Trump (@realDonaldTrump) November 30, 2016
do this under the law, I feel it is visually important, as President, to in no way have a conflict of interest with my various businesses..
— Donald J. Trump (@realDonaldTrump) November 30, 2016
Hence, legal documents are being crafted which take me completely out of business operations. The Presidency is a far more important task!
— Donald J. Trump (@realDonaldTrump) November 30, 2016