ޝާހް ރުކް ޚާންގެ ފިލްމް "ރައީސް" އަށްޓަކައި މީހުން އިންތިޒާރު ކުރާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
އެންމެ ފުރަތަމަ އެފިލްމް ރިލީޒް ކުރަން ހަމަޖެހިފައި އޮތީ 2016 ވަނަ އަހަރުގެ ފިތުރު އީދުގަ އެވެ.
އެހެން ނަމަވެސް، ސަލްމާން ޚާންގެ ފިލްމް "ސުލްތާން" ވެސް އެދުވަހު ރިލީޒްކުރަން ހަމަޖެހިފައި އޮތުމުން، "ރައީސް" ގެ ރިލީޒް ތާރީޚް ފަސްކުރެވުނެވެ.
ދުވަސްތަކަކަށްފަހު "ރައީސް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް ލިބުނީ އަދި ކިރިޔާ އެވެ. އެފިލްމްގެ ރަސްމީ ޓްރެއިލަރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ރިލީޒް ކުރެވިގެން ދާނެ އެވެ.
މި ވާހަކަ އިއުލާންކޮށްފައި ވަނީ ޝާހްރުކް ފެނިގެންދާ ޓީޒާ ވީޑިއޯއެއްގެ ޒަރިއްޔާއިންނެވެ.