އިންޑިއާގެ ކޮންގްރެސްގެ ނައިބު ރައީސް ރާހުލް ގާންދީގެ ރަސްމީ ޓްވިޓާ އެކައުންޓް ހެކްކޮށްފިއެވެ.
އެކައުންޓް ހެކްކުރުމަށްފަހު އޭގެއިން ވަނީ ވަރަށް ހަޑި ހުތުރު ބަހުން މުޚާތަބު ކޮށްފައިހުރި ޓްވީޓްތަކެއް ކޮށްފައެވެ.

އެޓްވީޓްތަކަކީ ޑީމޮނެޓައިޒޭޝަންއާއި ރާހުލް ގާންދީގެ އާއިލާއާއި ބެހޭގޮތުން ކޮށްފައިވާ ޓްވީޓްތަކެކެވެ.
އެހެންނަމަވެސް، އެކައުންޓް ހެކްކުރެވުނުތާ މާގިނައިރެއް ނުވަނީސް އެކައުންޓް ވަނީ ރީސްޓޯކޮށްފައެވެ. އަދި އޭގެއިން ކޮށްފައިހުރި ހުރިހާ ހަޑިހުތުރު ޓްވީޓްތައް ވަނީ ފޮހެފައެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އެއެކައުންޓް ހެކްކޮށް، އާޓްވީޓްތަކެއް ވަނީ ކުރެވިފައެވެ.
ކޮންގްރެސްގެ ތަރުޖަމާނު ރަންދީޕް ސުރްޖެވާލާ ވަނީ ރާހުލް ގާންދީގެ ޓްވިޓާ އެކައުންޓް ހެކްވި ޚަބަރު ޓްވީޓަކުން ކަށަވަރުކޮށްދީފައެވެ.
@OfficeOfRG hacked. Such lowly tactics will never drown the sane voice of reason nor deter Sh. Rahul Gandhi from raising people's issues.
— Randeep S Surjewala (@rssurjewala) November 30, 2016