ފުލުހުން ބުނާ ގޮތުގައި ނިއުޔޯކްގެ ފިރިހެނަކު ވަނީ 1.6 މިލިއަން ޑޮލަރު (1.2 މިލިއަން ޕައުންޑް)ގެ ރަން ހުރި ބާލިދީއެއް ނަގައިގެން ފިލައިފި އެވެ.
އެ މީހާއަކީ ކާކުކަން އަދި އެނގިފައެއް ނުވެ އެވެ.
އެހެން ނަމަވެސް އޭނާ ވައްކަންކުރި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެއީ އެ ވަގުތު އެތާނގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން ރިކޯޑް ކުރެވުނު ވީޑިއޯއެކެވެ.
އެވީޑިއޯއިން ފެންނަ ގޮތުގައި މެންހަޓަންގައި ޕާކްކޮށްގައި އޮތް ސެކިއުރިޓީ ވޭންގެ ސެކިއުރިޓީ ގާޑުން އެހެން ދިމާލަކަށް ބަލަހައްޓައިގެން ތިއްބާ، އެވޭންގެ ފުރަގަހުން ރަން ބާލިދީ ނެގުމަށްފަހު ފިލައިފަ އެވެ.
ފުލުހުން ޤަބޫލުކުރާ ގޮތުގައި އެމީހާ ފިލައިގެން ގޮސްފައިވަނީ ފްލޮރިޑާއަށެވެ.