Last Updated: July 1, 10:54
Wednesday, July 1, 2026
މުނިފޫހިފިލުވުން

"ޖޮލީ އެލްއެލްބީ 2" ގެ ޕޯސްޓަރެއް

މިއަހަރު ރިލީޒް ކުރެވުނު ދެފިލްމް ކަމަށްވާ "އެއާލިފްޓް" އާއި "ރުސްތަމް" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުމާ އެކު، މި އަހަރަކީ އަކްޝޭ ކުމާރަށް ވަރަށް ކާމިޔާބު އަހަރަކަށް ވަނީ ވެފަ އެވެ.

އެ ދެ ފިލްމަށް ފަހު އަކްޝޭ މިހާރު ތައްޔާރުވަމުން ދަނީ "ޖޮލީ އެލްއެލްބީ 2" ރިލީޒް ކުރުމަށެވެ. އަކްޝޭ ވަނީ އެ ފިލްމްގެ ޓީޒާ ޕޯސްޓަރު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އާންމުންނަށް ދައްކާލައިފަ އެވެ.

"ޖޮލީ އެލްއެލްބީ 2" އަކީ ބަމަން އިރާނީ އާއި އަރްޝަދް ވާރްސީ ފެނިގެން ދިޔަ ފިލްމް "ޖޯލީ އެލްއެލްބީ"ގެ ސީކްއަލްއެކެވެ.

އަރްޝަދްގެ ރޯލަށް އަކްޝޭ ހަމަޖައްސާފައިވާ އިރު، ސީކްއަލްގައި ފަނޑިޔާރުގެ ރޯލް އަދާ ކުރާނީ ފުރަތަމަ ފިލްމްގައި ވެސް އެ ރޯލް ކުޅުނު އެކްޓަރު ކަމަށްވާ ސޯރަބް ޝުކްލާ އެވެ.

ލަކްނޯގައި ޝޫޓް ކުރެވުނު މިފި ލްމްގައި އަންހެން ލީޑެއްގެ ގޮތުގައި ފެނިގެން ދާނީ ހުމާ ޤުރޭޝީ އެވެ.