ވިލާ ކޮލެޖްގެ ފަރާތުން އައްޑޫގެ އޯ ލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް ހާއްސަ "ކެރިއާ ޑިވެލޮޕްމަންޓް" ވޯކްޝޮޕެއް މިއަދު ބާއްވަން ނިންމައިފި އެވެ.
ވިލާ ކޮލެޖް އައްޑޫ ކެމްޕަހުން ބުނީ މި ވޯކްޝޮޕްގައި ބައިވެރިވުމަށް އައްޑޫން އޯ ލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
އަދި ސެޝަން މިއަދު މެންދުރު ފަހު 2:00 ޖަހާ އިރު ހިތަދޫގައި ހުންނަ ވިލާ ކޮލެޖް ކެމްޕަހުގައި ފަށާނެ ކަމަށެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ ވިލާ ކޮލެޖްގެ ހެޑް އޮފް މާކެޓިން ޑރ. އަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ބުނީ މި ވޯކްޝޮޕަކީ އަލަށް ވަޒީފާތަކަށް ނިކުންނަ ކުދިންނަށް ވަޒީފާތަކަށް އަހުލުވެރިވުމާ ގުޅޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ވޯކްޝޮޕެއް ކަމަށެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ސެޓްފިކެޓެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.