އައްޑޫ ސިޓީ ކައުންސިލާއި ޕަބްލިކް ހެލްތު ޔުނިޓު ގުޅިގެން ކެންސަރާއި މެދު އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ވޯކްޝޮޕެއް ހުޅުމީދޫގައި ބާއްވައިފި އެވެ.
ދުނިޔޭގެ ކެންސަރުގެ ދުވަހާ ދިމާކޮށް ހުޅުމީދޫގައި ބޭއްވި މި ވޯކްޝޮޕްގައި އެ އަވަށުގެ 73 އަންހެން ބޭފުޅުންނާއި ސްކޫލް ދަރިވަރުން ބައިވެރިވި އެވެ.
މި ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ޝީގެ ބެފުޅުންނާއި ޕަބްލިކް ހެލްތު ޔުނިޓްގެ މުވައްޒަފުންނެވެ.
ޕަބްލިކް ހެލުްތުން ބުނީ މީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އައްޑޫގައި ކުރިއަށް ގެންދާ ސިލްސިލާ ވޯކްޝޮޕްގެ ތެރެއިން މިއީ ހަތަރު ވަނަ ވޯކްޝޮޕްކަމަށެވެ.