Last Updated: July 16, 18:01
Thursday, July 16, 2026
މީހުން

ޖުނެއިދަށް އިންޒާރު ދިން މުވައްޒަފަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަތަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޖުނެއިދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެމްޕީއެލްގައި ވަޒީފާ އަދާކުރާ އުމުރުން 60 އަހަރުގެ ފިރިހެނެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޖުނައިދު ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރު ދިން މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެެވެ.

އަދި އެ މުވައްޒަފަށް މައާފުކޮށްފައިވާ ކަމަށާއި ކުންފުނީގެ ތެރެއިން އޭނާ އަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.