Last Updated: July 1, 10:54
Wednesday, July 1, 2026
ޚަބަރު

ފްރާންސްގެ އާ ބޮޑު ވަޒީރަކަށް ބާނާޑް ކެޒެނޯވް

މިހާރު ފްރާންސްގެ އިންޓީރިއާ މިނިސްޓަރުގެ މަޤާމް ހުންނަވާ ބާނާޑް ކެޒެނޯވް، އެޤައުމުގެ އާބޮޑު ވަޒީރުގެ މަޤާމަށް އައްޔަން ކުރައްވާނެ ކަމަށް ރައީސް ފްރޭންކޮއިސް ހޮލޭންޑްގެ އޮފީހުން އަންގާރަ ދުވަހު ވަނީ ހާމަކުރައްވާފައެވެ.

"އޭނާއަކީ ސިޔާސީ ކަންތައްތަކުގެ ތަޖުރިބާ ލިބިފައިވާ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއް"، ކެޒެނޯވް އެމަޤާމަށް އިސްކުރެއްވުމާއި ގުޅިގެން ރައީސްގެ އަރިސް ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.

ފްރާންސްގެ މިހާރުގެ ބޮޑު ވަޒީރު މެނުއެލް ވެލްސް 2017 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސޯޝަލިސްޓް ޕާޓީގެ ރަސްމީ ކެންޑިޑޭޓް ކަމަށް ނޯމިނޭޓް ވުމަށްޓަކައި އެމަޤާމުން އިސްތިއުފާ ދެއްވަނީއެވެ.