Last Updated: July 1, 10:54
Wednesday, July 1, 2026
ޚަބަރު

އައިއެސްގެ އާ ތަރުޖަމާނަކަށް އަބޫ އަލް-ހަސަން

ހޯމަ ދުވަހު އޮންލައިންކޮށް ރިލީޒް ކުރެވުނު އޯޑިއޯ މެސެޖެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އާ މީޑިއާ ތަރުޖަމާނަކު ހަމަޖައްސައިފި އެވެ.

އެރެކޯޑިންގް އާންމުކޮށްފައިވަނީ އިސްލާމިކް ސްޓޭޓްއާއި ގުޅިފައިވާ މީޑިއާ ޖަމިއްޔާއެއް ކަމަށްވާ އަލް ފުރްޤާން އިންނެވެ. އަދި އާ ތަރުޖަމާނަކަށް ހަމަޖެހިފައިވަނީ އަބޫ އަލް-ހަސަން އަލް-މުޖާހިރް ކަމަށްވަނީ ބުނެފައެވެ.

އިސްލާމިކް ސްޓޭޓްގެ ކުރީގެ ތަރުޖަމާނު އަބޫ މުހައްމަދު އަލް-އަދްނާނީ، އޮގަސްޓް 30 ވަނަ ދުވަހު ސީރިއާގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި މަރުވެއްޖެކަން އެމެރިކާއިން ވަނީ ސެޕްޓެމްބަރު މަހު ކަށަވަރު ކޮށްދީފައެވެ.