އެމެރިކާގެ ޕްރޮގްރެސިވް ރޮކް ބޭންޑްތައް ކަމަށްވާ ކިންގް ކްރިމްސަން އަދި އެމާސަން ލޭކް އެންޑް ޕާމާގެ ލީޑް ލަވަކިޔުންތެރިޔާ ކަމަށްވާ ގްރެގް ލޭކް މަރުވެއްޖެ އެވެ.
އޭނާ ނިޔާވި އިރު އުމުރަކީ 69 އަހަރެވެ.
ޕްރޮގްރެސިވް ރޮކްގެ ފައުންޑިންގް މެމްބަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ގްރެގް ލޭކްއަކީ އޭނާގެ ލަވަތައް ކަމަށްވާ "ދަ ކޯޓް އޮފް ދަ ކްރިމްސަން ކިންގް" އަދި "އައި ބިލީވް އިން ފާދާ ކްރިސްމަސް"ފަދަ ލަވަތަކަށް މަޝްހޫރު މީހެކެވެ.
ކެންސަރާއި ދެކޮޅަށް ވަރަށް ދިގު އަދި ވަރުގަދަ ހަނގުރާމައެއް ކުރުމަށްފަހު އޭނާ ނިޔާވީ ބުދަ ދުވަހު ކަމަށް އޭނާގެ މެނޭޖަރު މަޢުލޫމާތު ދެއެވެ.
މީގެ ނުވަމަސް ކުރިން ލޭކްގެ ބޭންޑްމޭޓެއް ކަމަށްވާ ކީތު އެމާސަންވެސް ވަނީ ނިޔާވެފައެވެ.
"އިއްޔެ، ޑިސެމްބަރު 7ގައި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ކެންސަރާއި ކުރި ހަނގުރާމައިގެ ސަބަބުން ގެއްލުނީ. ގްރެގް ވާނީ އަބަދުވެސް އަހަރެންގެ ހިތުގައި"، ގްރެގް ލޭކް ނިޔާވުމާއި ގުޅިގެން އޭނާގެ މެނޭޖަރު ސްޓުވާޓް ޔަންގް ފޭސްބުކްގައި ލިޔުނެވެ.
ލޭކްގެ މަރާއި ގުޅިގެން އޭނާގެ ރަހުމަތްތެރިން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.
Music bows its head to acknowledge the passing of a great musician and singer, Greg Lake.
— Steve Hackett (@HackettOfficial) December 8, 2016
Another sad loss with the passing of Greg Lake….You left some great music with us my friend & so like Keith , you will live on.
— Rick Wakeman (@GrumpyOldRick) December 8, 2016