Last Updated: July 1, 10:54
Wednesday, July 1, 2026
މުނިފޫހިފިލުވުން

މިކް ޖެގާ އަށް އަނެއްކާ ވެސް ދަރިއެއް

އިނގިރޭސި ރޮކް ބޭންޑެއް ކަމަށްވާ ރޯލިންގް ސްޓޯންސްގެ ކޯފައުންޑަރު އަދި ލީޑް ލަވަކިޔުންތެރިޔާ، މިކް ޖެގާ އުމުރުން 73 އަހަރުގައި އަނެއްކާވެސް ބައްޕައަކަށް ވެއްޖެއެވެ.

އުމުރުން 17 އަހަރާއި 45 އަހަރާއި ދެމެދުގެ ހަތް ކުދިން މިހާރުވެސް ތިބޭ ޖެގާ ކާފައަކަށް ވެފައިވަނީ 2014 ވަނަ އަހަރުއެވެ.

އޭނާގެ 29 އަހަރުގެ ލޯބިވެރިޔާ، އެމެރިކާގެ ބެލެރީނާއެއް ކަމަށްވާ މެލަނީ ހެމްރިކް ބުރާސްފަތު ދުވަހު ނިއު ޔޯކްގައި ފިރިހެން ކުއްޖަކު ވިހެއިކަމަށް، ޖެގާގެ ތަރުޖަމާނު ބާނާޑް ޑޮހާޓީ ވަނީ ބުނެފައެވެ.

ނެރެވުނު ބަޔާނެއްގައިވާ ގޮތުން ހެމްރިކްއާއި ޖެގާ ތިބީ ދަރިފުޅު އުފަންވުމާއި ގުޅިގެން ވަރަށް އުފަލުންނެވެ.

އެބަޔާނުގައި ވާގޮތުން ދަރިފުޅު އުފަންވި ވަގުތު ޖެގާވެސް ހޮސްޕިޓަލުގައި ހުއްޓެވެ. އަދި މަންމައާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށާއި، މިދަނޑިވަޅުގައި އެމީހުންގެ ޕްރައިވެސީއަށް އިޙްތިރާމް ކުރުމަށް އެދޭ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

160715090727-jagger-hamrick-super-169

ޖެގާ ހެމްރިކްއާއި ލޯބީގެ ގޮތުން ގުޅުނީ އޭނާއާއިއެކު 13 އަހަރު ވަންދެން އުޅުނު ލަރެން ސްކޮޓް 2014 ވަނަ އަހަރު މަރުވުމަށް ފަހުއެވެ.

ޖެގާގެ އެހެން ދަރިންގެ މަންމައިންނަކީ މަރްޝާ ހަންޓް، ބަޔަންކާ ޖެގާ، ޖެރީ ހޯލް އަދި ލުސިއާނާ ގިމެނެޒް މޯރަޑްއެވެ.

ޖެގާގެ ޖުމްލަ ފަސް ކާފަދަރިން ތިބޭއިރު، އޭނާ މުނިކާފައަކަށް ވެފައިވަނީ 2014 އަހަރުއެވެ. އެއީ އޭނާގެ އަންހެން ކާފަދަރިއަކު ކަމަށްވާ އައްސިސީ ވިހެއުމުންނެވެ.

ރޯލިންގް ސްޓޯންސްއިން ވަނީ ދާދިފަހުން "ބްލޫ & ލޯންސަމް"ގެ ނަމުގައި އާއަލްބަމެއް ރިލީޒްކޮށްފައެވެ.