Last Updated: July 1, 10:54
Wednesday, July 1, 2026
ޚަބަރު

ސޮލޮމޮން އައިލެންޑްސް އަށް ސުނާމީ އެލާޓް ނެރެފި

ސޮލޮމޮން އައިލެންޑްސްއަށް އައި ވަރުގަދަ ބިންހެލުމަކާއި ގުޅިގެން ދެކުނު ޕެސިފިކްގެ ބައެއް ސަރަހައްދުތަކަށް ސުނާމީއެއްގެ އިންޒާރު ދީފި އެވެ.

ޔޫއެސް ޖިއޯލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި އެބިންހެލުން އައިސްފައިވަނީ ކިރާކިރާގެ 70 ކިލޯމީޓަރު (43 މޭލު) ބޭރުން، 7.8 މެގްނިޓިއުޑްގެ ބާރު މިނުގައެވެ.

ބުނެވޭ ގޮތުގައި އެބިންހެލުން އައިސްފައިވަނީ ޖީއެމްޓީ ގަޑިން 17:40 ގައެވެ. އަދި އެއަށްފަހު ކުޑަ ހަތަރު ބިންހެލުން އައިސްފައިވެއެވެ.

ފޯންތަކާއި ކަރަންޓް ބައެއް ސަރަހައްދުތަކުގައި ކެނޑިފައިވީނަމަވެސް، އިތުރު ގެއްލުންތަކެއް ރިޕޯޓް އެވަގުތު ކުރެވިފައިއެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާގޮތުން، ބައެއް ތަންތަނުން މީހުން ހުސްކުރަމުން ދާކަމަށާއި، އުސް ސަރަހައްދުތަކަށް މީހުން ބަދަލު ކުރަމުން ދާކަމަށެވެ. އަނެއްބައި މީހުން ބުނެފައިވާ ގޮތުގައި ސުނާމީ އެލާޓް ނެރެފައެއް ނުވެއެވެ.

ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ބުނި ގޮތުގައި 1 މީޓަރު (3 ފޫޓް) އާއި 3 މީޓަރު (10 ފޫޓް)ގެ ސުނާމީ ރާޅުތައް ސޮލޮމޮން އައިލެންޑްސްގެ ބައެއް ސަރަހައްދުތަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެއް މީޓަރުގެ ރާޅުތައް ޕަޕުއާ ނިއު ގިނީއާއި ހަމައަށް އައުން އެކާށީގެންވާއިރު، ލަފާކުރެވޭ ގޮތުގައި ކުޑަ ރާޅުތައް ފްރެންޗް ޕޮލިނީޝިއާއަށްވެސް އައުން އެކަށީގެންވެއެވެ. ދެކުނު ޕެސިފިކްގެ އެހެން ސަރަހައްދުތަކަށް ދެވުނު އިންޒާރުތަކާއި ހަވާއީއަށް ދިން ސުނާމީގެ އިންޒާރު ވަނީ މިހާރު ބާތިލް ކުރެވިފައެވެ.

_92894529_oxfam

ސޮލޮމޮން އައިލެންޑްސްއަކީ ޕެސިފިކްގެ "ރިންގް އޮފް ފަޔާ"ގައި އޮންނަ ޤައުމެކެވެ.