Last Updated: July 1, 10:54
Wednesday, July 1, 2026
ރިޕޯޓް

މިއޮތީ ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާ، ބަލާލަބަލަ!

ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާގައި ހުންނަނީ ޖުމްލަ 1،261.65 އަކަމީޓަރެވެ. އެޕިއްޒާ ތައްޔާރުކޮށްފައި ވަނީ ޑޮވީލިއޯ ނާޑީ، އެންޑްރިއާ މެނޯކީ، މާކޯ ނާޑީ، މެޓިއޯ ނާޑީ އަދި މެޓިއޯ ޖަޔާނޮޓް އެވެ.

އެ ފަސް މީހުންނަކީ ވެސް އިޓަލީގެ ރައްޔިތުންނެވެ.

maxresdefault-1

އެ މީހުން އެޕިއްޒާ ތައްޔާރުކޮށްފައި ވަނީ ޑިސެމްބަރު 13، 2012 ގައި އިޓަލީގެ ރޯމްގެ ފިއެރާ ރޯމާގައި ހުންނަ އެންއައިޕީ ފުޑްގަ އެވެ.

އެ ޕިއްޒާ އަށް ދީފައިނާ ނަމަކީ "އޮޓޭވިއާ" އެވެ. އޭގެ މާނައަކީ "އަށް ވަނަ ފިރިހެން ދަރި" އެވެ.

އެއީ އިޤްތިޞާދީ އަދި ޘަޤާފީ ހަމަނުޖެހުންތައް ރޯމަށް ގެނެސް ދިން، އެންމެ ފުރަތަމަ ރޯމަން އެމްޕެރާ ކަމަށްވާ އޮކްޓޭވިއަން އޮގަސްޓަސް އަށް ހަނދާނުގައި އޭނާއަށް އެރުވި ޝަރަފެއްގެ ގޮތުންނެވެ.

އޮޓޭވިއާއަކީ 100 ޕަސަންޓް ގްލޫޓެން-ފްރީ ޕިއްޒާއެކެވެ. އަދި އެ ޕިއްޒާ ވެގެން ދިޔައީ ސިއްޙަތަށް ފައިދާހުރި އެއްޗެހި ކެއުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން މުޅި ދުނިޔެއަށް ލިބިގެންދިޔަ ފިލާވަޅަކަށެވެ.

worlds-largest-pizza

ގްލޫޓެން-ފްރީ އެއްޗެހި ކެއުމަކީ ތަފާތު ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ކަމެކެވެ. އެގޮތުން ކޮލެސްޓްރޯލް ލެވެލްތައް ދަށްކުރުމާއި، ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ ހަކަތަ ވެސް އިތުރުކޮށްދެ އެވެ.