ބުޝާން ކުމާރު ޕްރޮޑިއުސްކޮށް، ވިކީ ސިންގް ޑައިރެކްޓް ކުރާ "ރޯއި" އަށް ރަންބީރު ކަޕޫރު ސޮއިކޮށްފި އެވެ.
ވިކީގެ ފުރަތަމަ ޑައިރެކްޝަންގައި ރަންބީރު އަދާ ކުރާނީ ފިލްމްގެ ޓައިޓްލް ރޯލެވެ. ރަންބީރުގެ އިތުރުން މި ފިލްމްގައި ޖެކޮލިން ފެނާންޑޭޒް އާއި އަރްޖުން ރާމްޕާލް ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.
"ރޯއި" އަކީ ރަންބީރާއި ޖެކޮލިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެެވެ. އެހެން ނަމަވެސް ރަންބީރާއި އަރްޖުން މީގެ ކުރިން ވަނީ ޕްރަކާޝް ޖާގެ 2010 ވަނަ އަހަރުގެ ޕޮލިޓިކަލް ތްރިލާ "ރާޖްނީތީ" ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ރޯއި" ގެ މަސައްކަތް ރަންބީރު ފަށާނީ އޭނާ މިހާރު ކުޅެމުން އަންނަ "ޖޭ ޖަވާނީ ހޭ ދީވާނީ" އާއި "ބޭޝަރަމް" ގެ މަސައްކަތް ނިމުމުންނެވެ.
މީގެ އިތުރުން ވެސް ރަންބީރު ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި "ބޮމްބޭ ވެލްވެޓް" ވެސް ހިމެނެ އެވެ.