Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެކްސިޑެންޓެއް ހިނގައިި، ބަޔަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދުވަސްވީ މީހަކު މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައިދިޔަ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ހަތެއް އެގާރަ ފިހާރަ ކައިރިންނެވެ. ހަތެއް އެގާރަ ފިހާރައިން ނިކުތް މީހާ މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެ އެމީހާގައިގައި ޖެހިފައި އެކްސިޑެންޓު ހިނގާފައިވާއިރު ސައިކަލު ދުއްވާފައި ދިޔަ ކުއްޖާވަނީ މަގުގައި ހުރި ގަސް ޖަހާ ޕޮޓެއްގައި ޖެހިފައެވެ.

15439957_10154868725827853_7428221489680223770_n

އެކްސިޑެންޓުގައި އަނިޔާވެފައިވި އުމުރުން ދުވަސްވީ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާއިރު އެކްސިޑެންޓުގައި ދެން އަނިޔާވި މީހާވެސް އޮތީ ސީރިއަސް ހާލުގައެވެ.

15400371_10154868725892853_5154223767459457580_n

އެކްސިޑެންޓުގައި ސައިކަލު ދުއްވާފައި ދިޔައީ 18 އަހަރު ނުވާ ކުޑަ ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.