Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ލިވަޕޫލާއި ސްޕާސްގެ ލޯ ހަނާންޑޭޒަށް އަމާޒުވެފައި

މެންޗެސްޓާ ޔުނައިޓެޑުން ޖަރުމަނުގެ ބެޔާ ލެވަކޫސަންއަށް ބަދަލުވި ހާވިއާ ޗިޗާރިޓޯ ހަނާންޑޭޒް އަންނަ ޖެނުއަރީ ޓްރާންސްފާގައި ގެނައުމަށް ލިވަޕޫލް އަދި ޓޮޓެންހަމް ސްޕާސްއިން މަސައްކަތް ފަށައިފިއެވެ.

އޭނާގެ މެންޗެސްޓާ ޔުނައިޓެޑުން ބެޔާ ލެވަކޫސަން އަށް ވިއްކާލުމަށްފަހު އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ހަނާންޑޭޒް ހޯދުމަށް ސްޕެނިޝް ލަލީގާގެ ވެލެންސިއާ އިންވެސް މަސައްކަތް ކުރަމުން އަންނަ އިރު ލިވަޕޫލްއަދި ސްޕާސް އޭނާ ހޯދުމަށް ގަދަހިފުމަކަށް ދާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވިންގަށް ކުޅޭނެ ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތް ކުރާއިރު ހަނާންޑެޒްއަކީ ފޯވާޑް ލައިނުގެ ކޮންމެ ތަނަކަށްވެސް ކުޅެވިދާނެ ކުޅުންތެރިޔެކެވެ.

ބެޔާ ލެވަކޫސަން އާ ގުޅުމަށްފަހު 60 މެޗުގައި 33 ލަނޑު ކާމިޔާބުކޮށް އެޓީމުގައި ކާމިޔާބު ދުވަސްތަކެއް ހަނާންޑޭޒް ހޭދަކޮށްފައިވާއިރު އޭނާ ވަނީ ދުނިޔެއަށް އަދިވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ދެއްކިދާނެ ކަމަށް ސާބިތުކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް ދާންޖެހުމުން ހިތްދަތިވިކަމަށް އޭނާ ވަނީ މީގެ ކުރިން އެއްބަސްވެފައެވެ. ނަމަވެސް އެނބުރި ޕްރިމިއާ ލީގަށް އަންނާނެ ކަމުގެ އިޝާރާތެއް އަދި ހަނާންޑޭޒްގެ ފަރާތުން ފެނިފައެއް ނުވެއެވެ.