ތިމާވެއްޓާ ރައްޓެހިކޮށް ހަދާފައިވާ 321 މިލިއަން ޑޮލަރުގެ "ސްޕޭސް އެގް" އާންމުންނަށް ދައްކާލައިފި އެވެ.
ޖެނުއަރީ 17 އިން ފެށިގެން މިޔޫރޮޕާ އިމާރާތް ވެގެން ދާނީ ޔޫރޮޕިއަން ކައުންސިލްގެ ދާއިމީ އޮފީހަށެވެ.
މި އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ފަށާފައި ވަނީ 2004 ވަނަ އަހަރުއެވެ. އަދި މިއީ ބްރަސެލްސްގެ ޔޫރޮޕިއަން ކުއާޓަރަށް އިތުރު ކުރެވިގެންދިޔަ އެންމެ ފަހު ބައެވެ.
މި ޕްރޮޖެކްޓަށް ވަނީ 321 މިލިއަން ޔޫރޯ އަށް ވުރެ ގިނަ ފައިސާ ޚަރަދުވެފައެވެ. އަދި މި އިމާރާތަށް ވަނަމަކަށް ކިޔާފައި ވަނީ "ސްޕޭސް އެގް" އެވެ.
