ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުވެ، 10 މަހަށް ޖަލަށް ލެވިފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ބޭސް ފަރުވާއަށް އިންޑިޔާގެ ޓްރެވިންޑްރަމްއަށް ފުރާވަޑައިގެންފިއެވެ.
މަހްލޫފް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރަމުން އޭނާގެ އަނބިކަބަލުން ނަޒުރާ ނަސީމް (ނަޒޫ) ވަނީ ޓްވީޓް ކުރައްވާފައެވެ.
މަހްލޫފް ޖަލު ބަންދަށް ގެންދެވުނު ފަހުން އޭނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ ތަކުރާރުކޮށް އާއިލާައިން ވަނީ މަހްލޫފް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެދިފައެވެ.
ނަޒޫ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ބޭސްފަރުވާ ނިމިގެން އެނބުރި 10 ދުވަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
މަހްލޫފްއަށް ހުކުމް އިއްވިއިރު އެބޭފުޅާއަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންއެވެ.