Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ފަސްގަޑަ ބަލިކޮށް ސުއްޓާލައިން ފައިނަލަށް!

މިހާރު ހިތަދޫ އީދިގަލިކިޅި ދަނޑުގައި ކުރިއަށްދާ އޮންދިގޯ ޒެފިއާ ފުޓްސަލްގެ ފައިނަލަށް އެފްސީ ސުއްޓާލައިން ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗްގައި އެފްސީ ފަސްގަނޑަ އާއި ވާދަކޮށް ސުއްޓާލައިން މޮޅުވީ 4-1 ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އެފްސީ ފަސްގަޑައިންނެވެ. ފުރަތަމަ ހާފް ނިމުނީ ފަސްގަޑަ ލީޑްގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފްގައި އީގަލްސްއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހްމަދު (ހަންނާ) ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ސުއްޓާލައިންގެ ދެވަނަ ލަނޑު އާލިފް ފަހުމީ ޖަހިއިރު 3 ވަނަ ލަނޑު ޖަހާދިނީ ހައްނާއެވެ. އަދި އެޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބް ކޮށްދިނީ އަލީ ހަބީބްއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 2 ލަނޑުޖެހި ހަންނާއެވެ.

މުބާރާތުގައި މިއަދު ސެމީފައިނަލް ދެވަނަ މެޗް ކުޅޭނެއެވެ. ބައްދަލު ކުރާނީ ސްކޫޕް ސިޓީ ކަންމަތި އާއި އެފްސީ އުސްގަޑައެވެ. މެޗް ފަށާނީ ހަވީރު 4:30 ގައެވެ.