Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރައީސް ގއ. އަތޮޅުގެ ދެ ރަށަކަށް

ރައީސް އަބްދުﷲ ޔާމީން ގއ. ގެ ދެރަށަކަށް ޒިޔާރަތް ކުރެެއްވުމަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަންނަވާނީ ގއ. ވިލިގިލިއަށް ކަމަށެވެ. އަދި އެއަށް ފަހު މިއަދު ހަވީރު ގއ. ގެމަނަފުއްޓަށް ވަޑައިގެން އެރަށުގައި މިސްކިތަކާއި އައިސް ޕްލާންޓެއް ހުޅުއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ އަދި މިރޭ ގަމަނަފުށީގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަންނަވާކަމަށް ރައީސް އޮފީހުން ބުނެއެއެވެ.

ރައީސްގެ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓރ މޫސާ ޒަމީރު އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބައިވެރިވެވަޑައިގަންނަވައެވެ.