Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ސްކޫޕް ބަލިކޮށް އުސްގަޑަ ފައިނަލަށް

އޮންދިގޯ ޒެފިއާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުން ސްކޫޕް ކަންމަތި ބަލިކޮށް އެފްސީ އުސްގަޑަ ފައިނަލަށް ދަތުރުކޮށްފިއެވެ.

އީދިގަލި ކިޅި ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ދެ ޓީމުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުމެކެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އެފްސީ އުސްގަޑައިންނެވެ. އެޓީމަށް ލީޑް ނަގައިދިން ލަނޑު ޖަހާދިނީ އަބްދުﷲ އަމްރާން (އިއްމަ)އެވެ.

އުސްގަޑައިން ލީޑް ނެގިތާ ކުޑައިރުކޮޅަކުން ސްކޫޕް ސިޓީގެ އިބްރާހިމް ޝާން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެލަނޑާއި އެކު މެޗްގެ ކުޅުން ރަނގަޅުކޮށް ދެވަނަ ލަނޑެއް ޖަހައި ސްކޫޕް ސިޓީއިން މެޗްގެ ލީޑް ނެގިއެވެ. މި ލަނޑު ސްކޫޕްއަށް ކާމިޔާބް ކޮށްދިނީ އިބްރާހިމް މުހައްމަދުއެވެ.

މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު އުސްގަޑަށް ޖަހާދިނީ ހަސަން ޝާރިގުއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުން މެޗް އެއްވަރުވުމުން ނަީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްގައި ސްކޫޕު ސިޓީން ޖެހި 3 ޕެނަލްޓީގެ ތެރެއިން ކާމިޔާބް ކުރެވުނީ 2 ޕެނަލްޓީއެވެ. އުސްގަނޑުން ޖެހި 3 ޕެނަލްޓީވެސް ވަނީ ގޯލަށް ވައްދާފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮޅުވި ޕެނަލްޓީ އާއި މެޗްގެ ފުރަތަމަ ލަނޑު ޖެހި އަބްދުﷲ އިމްރާންއެވެ.

އޮންދިގޯ ޒެފިއާ ފުޓްސަލް ކަޕްގެ ފައިނަލް މެޗް މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލްގައި ބައްދަލު ކުރާނީ އެފްސީ ސުއްޓާލައިން އަދި އެފްސީ އުސްގަޑައެވެ.