Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އައްޑޫން އަނެއްކާވެސް އެމްއެންޑީއެފުން އުޅަނދުތަކެއް ބޭރުކޮށްފި

ސާކްސަމިޓަށް ގެނައި އަގުބޮޑު ކާރުތައް މާލެ ގެންދަން ބާޖަށް އަރުވާފައި ފޮޓޯ/ އައްޑޫ ލައިވް

ދެހާސް އެގާރަ ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް، ގެނެސްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކުގެ ތެރެއިން އުޅަނދުތަކެއް އެމްއެންޑީއެފުން އިއްޔެ އަނެއްކާވެސް މާލެ ގެންގޮސްފި އެވެ.

ގަމުގެ ބޮޑު ފާލަމުން ބާޖަކަށް އަރުވައިގެން އިއްޔެ ގެންދިޔަ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 10 ކާާރާއި ދެ ޖިޕެވެ. އެ އުޅަނދުތައް ބާޖަށް އަރުވާފައި ހުއްޓައި "އައްޑޫ ލައިވް" ގެ ރިޕޯޓަރުންނަަށް ވެސް ވަނީ ފެނިފަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކާނަލް އަބްދުއްރަހީމަށް މިކަމާ ބެހޭ ގޮތުން ގުޅުމުން ވިދާޅުވީ "އައްޑޫން ވެހިކަލްތަކެއް މާލެ ގެންނަ ވާހަކައަކީ ރަނގަޅު ވާހަކައެއް" ކަމަށެވެ.

އޭނާ ވިދާޅުވީ އެ ވެހިކަލްތަކަކީ ސާކް ސަމިޓްގެ ބޭނުންތަކަށް ގެންދިއުމަށް ފަހު، ސަމިޓަށް ފަހު ބޭނުން ނުކޮށް ހުރި އުޅަނދުތަކެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ އުޅަނދުތައް މާލެ ގެންގޮސްފައިވާ ކަމަށް ރަހީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސަމިޓަށް ގެނައި އިތުރު އުޅަނދުތަކެއް ވެސް ގަމުގަައި އަދިވެސް ހުންނާނެ ކަމަށެވެ. އަދި އެ އެއްޗެހި ވެސް މާލެ ގެންދަން ނިންމާފައިވާ ކަމަށް އަބްދުއްރްހީމް ވިދާޅުވި އެވެ.