Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މައިދާންތަކުގައި އެނަޖީ ޑްރިކް އިޝްތިހާރު ކުރުން މަނާ

މާލޭގެ އާއްމު މައިދާން ތަކާއި، ޕާކް ތަކުގައި އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރުމަކީ އަދި އަދި ޕްރޮމޯޓް ކުރުމަށް އިވެންޓް ބޭއްވުމަކީ ހުއްދަ ދޭ ކަމެއް ނޫންކަމަށް ހައުސިން މިނިސްޓރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި މިވަނީ ހަކުރު ގިނަ ބުއިންތަކުގެ ސަބަބުން އުފެދި ބޮޑުވަމުން އަންނަ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ފަދަ އުފެއްްދުންތައް އިޝްތިހާރު ނުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، އެފަދަ ބުއިންތައް އިޝްރިހާރު ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

އެނާޖީ ޑްރިންކްސް ފަދަ ތަކެތި މާލޭގެ އާއްމު މައިދާންތަކުގައި އިޝްތިހާރު ކުރުމަށް ހުއްދަ ނުދެއްވާ އިރު ސަރުކާރާއި ގުޅިގެން އެފަދަ ބައެއް ބުއިންތައް އަންނަނީ އިޝްތިހާރު ކުރަމުންނެވެ.