Last Updated: June 26, 11:11
Friday, June 26, 2026
ސިޔާސީ

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި އައްޑޫގައި މުޒާހަރާއެއް

މިނިވަން އިންސާފުވެރި ކައުންސިލް އިންތިހާބަކަށް ގޮވާލުމަށް ބާއްވާ މުޒާހަރާ މިއަދު ހަވީރު ހިތަދޫ ކޮންވެންޝަން ސެންޓަރު ކުރިމަތިން ފަށާ ގޮތަށް ނިންމައިފިއެވެ.

އެމްޔޫއޯއިން އިންތިޒާމް ކުރާ މި މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި އިތުރު ބައެއް އިސްވެރިން ވަނީ މިއަދު ހެނދުނު އައްޑޫއަށް ވަޑައިގެންފައެވެ.

އެމްޔޫއޯއިން މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި މުޒާހަރާ ބާއްވަނީ، ލޯކަލް ކައުންސިލް އިންތިހާބް ފަސްކުރުމަށް ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ފަރާތްތަކުން ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް އިލެކްޝަނުން ދިން މުއްދަތު ހަމަވިއިރުވެސް ވެރިކަން ކުރާ ޕީޕީއެމްއިން އެއްވެސް ފޯމެއް ހުށަހަޅާފައި ނުވެއެވެ. އެހެންވެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެތޯ ބައެއް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެމްޔޫއޯއިން ވަނީ މިއަދު ހަވީރު ހިތަދޫ އީސީސީ ކުރިމަތިން ފަށާ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.