ލަވަކިޔުންތެރިޔާ އެޑް ޝީރަން އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ސޯޝަލް މީޑިއާއަށް އަތުވެއްޖެއެވެ.
2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޝީރަން ވަނީ އޭނާ ސޯޝަލް މީޑިއާއާއި ދުވަސްކޮޅަކަށް ދުރަށް ޖެހިލާކަމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެޑް ޝީރަން ވަނީ ނޫ ފޯޓޯއެއް ލުމާއިއެކު އޭނާގެ ޓްވިޓާ އަދި އިންސްޓާގްރާމް އެކައުންޓް އަޕްޑޭޓް ކޮށްފައެވެ.
ހިޓް ލަވައެއް ކަމަށްވާ "ތިންކިންގް އައުޓް ލައުޑް" ކިޔާފައިވާ އެޑް ޝީރަން ވަނީ އޭނާގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމް އެކައުންޓްތަކުގެ ފޮޓޯ އެނޫކުލައަށް ބަދަލުކޮށްފައެވެ.
މިބަދަލަށް އޭނާގެ ފޭނުން ވަނީ ވަގުތުން ރިއެކްޓްކޮށްފައެވެ. ބައެއް ފޭނުން ބުނާގޮތުގައި އެނޫކުލައިގެ އިމޭޖަކީ ޝީރަންގެ ދެން އަންނަ އަލްބަމާއިބެހޭ ކްލޫއެއް ކަމަށެވެ.