Last Updated: July 1, 09:19
Wednesday, July 1, 2026
މުނިފޫހިފިލުވުން

މިއޮތީ އާމިރުގެ "ސީކްރެޓް ސްޕަސްޓާ"

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ "ސީކްރެޓް ސުޕާސްޓާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

16 ޑިސެމްބަރުގައި އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ވަރަށް ޝައުޤުވެރި ވާހަކައެއް އޯޑިއެންސްއާއި ހިއްސާ ކުރާނެ ކަމަށް ބުނިތާ މާގިނަ އިރުތަކެއް ނުވަނީސް އާމިރް ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމްގެ ޓްރެއިލާ ޕޯސްޓް ކޮށްފައެވެ.

"ސީކްރެޓް ސުޕާސްޓާ"އަކީ ޒުވާން އަންހެން ކުއްޖެއްގެ ހުވަފެނާއިމެދު އޭނާގެ ބައްޕަ ދެކޮޅު ހަދާ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ. އެއަންހެން ކުއްޖާގެ ރޯލް ކުޅެނީ އާމިރްގެ "ޑަންގަލް"ގެ ދަރިފުޅު ޒައިރާ ވާސިމްއެވެ.

އެފިލްމުގެ ޕްރޮޑިއުސަރުންނަކީ އާމިރް ޚާންއާއި ކިރަން ރާއޯ ކަމަށްވާއިރު، ފިލްމުގެ ޑައިރެކްޓަރަކީ އާމިރްގެ ކުރީގެ މެނޭޖަރު ކަމަށްވާ އަދްވައިތު ޗަންދަންއެވެ.

"ސީކްރެޓް ސުޕާސްޓާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.