Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ދިއްލީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި

ދިއްލީގެ ނިއު އަޝޯކް ނާގަރް ސަރަހައްދުގެ 14 އަހަރުގެ އަންހެން ކުއްޖަކު، އެކުއްޖާ ދިރިއުޅޭ ގޭގެ ވެރިމީހާއާއި އިތުރު ދެމީހަކު ވެގެން ރޭޕްކޮށްފިއެވެ.

އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ތިން މީހުންވެސް ހައްޔަރު ކުރެވިފައިވަނީ އެއަންހެން ކުއްޖާގެ ބަޔާނުގެ މައްޗަށް ބިނާކޮށެވެ.

އެކުއްޖާ ބިހާރުން ދިއްލީއަށް އައީ އެކްސިޑެންޓްވި އޭނާގެ ތިމާގެ މީހުން ބެލުމަށްޓަކައެވެ.

ތުހުމަތުކުރެވިފައިވާ މީހުން އެކުއްޖާ ރޭޕްކޮށްފައި ވަނީ އޭނާއަށް މަސްތުވާތަކެތި ދީ، އެކުއްޖާގެ ގެއިން ވަގަށް ނެގުމަށްފަހު ކޮޓަރިއެއްގައި ބަންދު ކޮށްގެންނެވެ. އެއަންހެން ކުއްޖާ ފެނިފައިވަނީ އޭގެ ފަސް ގަޑިއިރު ފަހުންނެވެ.