Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ޓީސީގައި މަޑުކުރަން ބޮންޑާ ނިންމައިފި

ބޮންޑާ އަދި ބެންޖޯ، މިފަހަރު ދެ ކުޅުންތެރިންވެސް ފެންނާނީ ޓީސީން

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑާރ ޝަމްވީލް ގާސިމް (ބޮންޑާ) އަންނަ ސީޒަނުގައިވެސް ޓީސީ ސްޕޯޓްސް ކްލަބުގައި މަޑު ކުރަން ނިންމައިފިއެވެ.

ދޮޅު އަހަރެއްހާ ދުވަހު ފުރަތަމަ ޑިވިޝަން ފުޓްބޯޅަ އާއި ދުރުގައި ހުރުމަށްފަހު މިއަހަރުގެ ސީޒަނުގައި ޓީސީ އާއި އެކު އަލުން ނިކުމެ ބޮންޑާވަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައެވެ. ޓީސީގެ ޒުވާން ޓީމާއި އެކު ނިކުމެ އެޓީމަށް ޕްރެޒިޑެންޓް ކަޕްގެ ރަންއަޕް ހޯދި އިރު ބޮންޑާވަނީ އެފްއޭއެމްއިން ހޮވާ ރާއްޖޭގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައު ނޮމިނޭޓް ވެފައެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އެދުމުގެ މަތިން ބޮންޑާ ފުރަތަމަ ޓީސީ އާއި ގުޅުނީ މިއަހަރުގެ ސީޒަން ނިިމެންދެން އެކަނިއެވެ. ނަމަވެސް އަލުން އަދި އެއް ސީޒަނަށް ބޮންޑާ ކުޅެން މިވަނީ ނިންމާފައެވެ.