Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ލީވާން އާއި ވިސާމްއަށް ހުކުމް ކުރުން ފަސްކޮށްފި

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންކަމަށްވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނަސީރުއަށް ހުކުމް ކުރުން އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ލީވާން އާއި ވިސާމްއަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތްވަނީ ސިއްރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލީވާން އާއި ވިސާމްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް ކުރަން އޮތް ނަމަވެސް އެދެމީހުންގެ ވަކީލުންގެ ފަރާތުން އެދިފައިވަނީ ޖުރިމަނާ އަކަށެވެ.

ވިސާމް އާއި ލީވާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ މާފަންނު ސްޓޭޑިއަމް ސަރަހައްދު އޮޕަރޭޝަނަކަށް ބަންދުކޮށްފައި ވަނިކޮށް އެސަރަހައްދުން ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ހައްޔަރު ކުރަނިކޮށް އެތަނަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ލީވާން އަދި ވިސާމްގެ މައްޗަށް ހުކުމް ނުކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި ޢާއްމުން އަދި ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.