Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ފަރުހާދު އެންއައިސީގެ ރައީސްކަމުން ވަކިކޮށްފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގެ، މުހައްމަދު ފަރުހާދު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ފަރުހާދު ރައީސް ކަމުން ވަކިކޮށް އެމަގާމަށް ކޮމިޝަންގެ މެމްބަރު ޔޫސުފް މާނިއު މުހައްމަދު، ގ. އަތަ އައްޔަން ކޮށްފައިވާ ކަމަށެވެ.

ފަރުހާދު ރައީސް ކަމުން ވަކިކުރި ނަމަވެސް ކަމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެންއައިސީގެ މެމްބަރުކަމަށް މާނިއު އަދި ފަރުހާދުވެސް އައްޔަންކުރައްވާފައި ވަނީ 2015 އޮކްޓޫބަރު މަހު އެވެ.