Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ދިރާގު ރޯޑް ރޭހުގެ ފުޅިތައް ރިސައިކަލް ކުރަނީ

މިދިޔަ ނޮވެމްބަރ މަހުެ 11 ވަނަ ދުވަހު ހުޅުމާލޭގައި ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު ރޯޑް ރޭހުގައި ބޭނުން ކުރި ފުޅިތައް ރިސައިކަލް ކުރުމަށް ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން"އާ ހަވާލު ކުރުމަށް ރާއްޖޭގެ ޖަމިއްޔާއަކާއި ހަވާލުކޮށްފިއެވެ

ދިރާގުން ބުނީ އެފުޅިތައް ޕާލޭ އާއި ހަވާލުކުރުމަށް ބައޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނެސް މޯލްޑިވްސް (ބީމް)އާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބީމްއަކީ ޕާލޭ އާއި ގުޅިގެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ރާއްޖޭގެ މުވާސަލާތީ ހިދްމަތްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން އެކުންފުނީގެ އިޖްތިމާއީ ޒިއްމާގެ ދަށުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްވަނީ ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު އަދި ފުޅި މަދުކުރުމަށް އެކުންފުނީގެ މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ތިމާވެއްޓާއި ރައްޓެހި ބާޒާރު ކޮތަޅު ތައާރަފްކޮށް ދިރާގުގެ އޮފީހުގައި ޕްލާސްޓީކް ފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ.