Last Updated: June 26, 11:11
Friday, June 26, 2026
ވިޔަފާރި

ވޯކް ވިސާ ހޯލްޑަރުންނަށް ގަމުން ފުރޭ ގޮތް ހަދަނީ

ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ގަމުން ފުރޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ، ގަމުން ވޯކް ވިސާ ހޯލްޑަރުންނަށް ފުރޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ސީދާ އެކަން ހަމަޖެހޭނެ ތާރީހެއް ހަލީލް ވިދާޅެއް ނުވެއެވެ.

ހަލީލް ވިދާޅުވީ ވަރަށް އަވަހަށް އެއިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގަމާއި ކޮލަމްބޯ އާއި ދެމެދު ސްރީލަންކަންގެ ދަތުރު ފަށާފައިވާ އިރު މިހާރުގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ވޯކް ވިސާ ހޯލްޑަރުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި އައްޑޫގެ ވިޔަފާރިވެރިއަކު ބުނީ ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ގަމުން ފުރޭނެ ގޮތް ހަމަޖެހުން ވަރަށް މުހިއްމުކަމަށެވެ. އަދި އެކަމަކީ ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.