Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

އުރީދޫން ހިލޭ ގުޅޭ ޕެކޭޖުތަކެއް ތައާރަފުކޮށްފި

އުރީދޫ އިން ރާއްޖެ ތެރޭގައި މުޅިން ހިލޭ ގުޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.

މިއަދު އެކުންފުނިން ތައާރަފްކުރި ދެ ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދީފައިނުވާ ވަރުގެ ބޮޑު ޑިސްކައުންޓުތަކާއި ޚިދުމަތްތައް އުރީދޫ އިން ވަނީ ފަށާފައެވެ.

ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 ތައާރަފް ކޮށްފައިވާއިރު ރާއްޖޭގައި ކުރާ ކޯލްތައް މުޅިން ހިލޭ ކުރެވޭނެއެވެ. އަދި ޕްރިމިއަމް 1499 އިން 5000 ހިލޭ މެސެޖު ލިބޭއިރު 25 ޖީބީގެ ޑޭޓާ ކަސްޓަމަރުންނަށް ލިބެމުންދާނެއެވެ.

ޕްރިމިއަމް 1999 އިން އަންލިމިޓެޑް ކޯލްގެ އިތުރުން އަންލިމިޓެޑު އެސްއެމްއެސް އަދި އަންލިމިޓެޑް ޑޭޓާވެސް ލިބޭނެއެވެ. އަދި ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ކުރާ ކޯލުތަކުގައި ކަސްޓަމަރު ހިޔާރުކުރާ ކޮންމެވެސް އެއް ގައުމަކަށް %50 ގެ ޑިސްކައުންޓް ފޯރުކޮށްދެއެވެ.

އުރީދޫއިން ތައާރަފްކުރި އާ ޕެކޭޖުތަކާއެކު މިއަދު ވަނީ އުރީދޫއާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އާ ކަސްޓަމަރުންނަށް ވައިބާ ހިލޭ ބޭނުން ކުރެވޭނެ ގޮތް ހަދާފައެވެ.

އުރީދޫގެ އާ ޕެކޭޖުތައް ތައާރަފް ކޮށްފައިވާއިރު އެކުންފުނިންވަނީ މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އަޅައި ނިމި، އަންނަ މަހުގެ 15ގައި މުޅި ރާއްޖެއަށް 4ޖީ+ ތައާރަފް ކުރަން ނިންމާފައެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތްވެސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒެއް ކަމަށް ކަނޑައަޅާފައެވެ.