ވިލާ ކޮލެޖުން އަންނަ ޖެނުއަރި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް އެކޮލެޖުން ބުނެފިއެވެ.
ވިލާ ކޮލެޖުން ބުނީ އަންނަ ޖެނުއަރީ މަހު އެކޮލެޖުން 56 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
ވިލާ ކޮލެޖް އައްޑޫން ގިނަ ކޯސްތަކެއް ހެދޭނެގޮތް ފަހިވެފައިވާއިރު މިއީ ރަށުގައި ތިބެގެން ކިޔަވަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ވިލާ ކޮލެޖްގެ ކޯސްތަކުގައި ކިޔަވާ ކުދިންނަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ލޯން މެދުވެރިކޮށްވެސް ވަނީ ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައެވެ. އެގޮތުން ލޯންއިން ކިޔަވާ ކުދިންނަށް ލޯން ދެއްކުމަށް ލުއި ގޮތްތަކެއް ވަނީ ފަހިކޮށްދީފައެވެ.
ވިލާ ކޮލެޖްގެ އައްޑޫ އިސް އޮފިޝަލަކު ވިދާޅުވީ، ވަޒީފާ އަދާކުރައްވާ ފަރާތްތަކަށް ފަސޭހައިން ކިޔެވޭނެ ގޮތަށް ބްލޮކް މޯޑްގައި ކިޔެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި މިއީ އެފަދަ ފަރާތްތަކަށް ރަގަޅު ތައުލީމީ ސެޓްފިކެޓެއް ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މަތީ ތައުލީމަށް ކިޔަވަން ގަސްތުކުރާނަމަ މާދަމާގެ ނިޔަލަށް ވިލާ ކޮލެޖްގެ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަންވީއެވެ. ކިޔެވުމަކީ ނިމުމެއް އޮތް ކަމެއް ނޫނެވެ. ހާއްސަކޮށް މިފަދަ އަގުހުރި ފުރުސަތަކީ ދޫކޮށްލަންޖެހޭ ވަރުގެ ފުރުސަތެއް ނޫނެވެ.
އޯލެވެލް އަދި އޭލެވެލް ނިންމާ ކުދިންނަށް އަތޮޅުގައި ތިބެ، ބައިނަލްއަގްވާމީ ފެންވަރުގެ ކޯސްތަކުގައި ކިޔެވޭނެ ފުރުސަތު މިއޮތީއެވެ. އަވަހަށް ފޯމު ފުރިހަމަކޮށް ހުށަހަޅުއްވާށެވެ.
އެއްވެސް ސުވާލެ، އޮޅުން ފިލުވަން ބޭނުންފުޅު މައުލޫމާތެއް ވާނަމަ 7445351 ނުވަތަ 7781342 ގުޅުއްވައި މައުލޫމާތު ހޯއްދަވާށެވެ.