ކަރީނާ ކަޕޫރް ޚާންއާއި ސައިފް އަލީ ޚާންގެ އެންމެ ފުރަތަމަ ފަރިފުޅު ކަމަށްވާ ތައިމޫރް އަލީ ޚާން މިދުނިޔެއަށް އައިސްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ކަރީނާ ވިހާފައިވަނީ މުމްބާއީ ހޮސްޕިޓަލެއްގައެވެ.
ހައިރާން ކުރުވަނިވި ކަމަކީ ތައިމޫރް ވިއްސި ޑޮކްޓަރަކީ ތައިމޫރްގެ މަންމަ ކަރީނާ ކަޕޫރްވެސް ވިއްސި ޑޮކްޓަރަށް ވާކަމަކެވެ.
ރިޕޯޓްތައް ބުނާގޮތުން ޑރ. ރުސްތޮމް ޕީ ސޫނަވާލާ ވަނީ ކަރީނާއާއި ދައްތަ ކަރިސްމާ އަދި އެކްޓަރު ރަންބީރް ކަޕޫރްވެސް ވިއްސާފައެވެ.

އަދި ކަރީނާގެ ދަރިފުޅު ތައިމޫރް ވިއްސުމަށްވެސް ހަމަޖެއްސި ގައިނޮކޮލިޖިސްޓަކީވެސް ޖަމަ ޑރ. ރުސްތޮމް ޕީ ސޫނަވާލާއެވެ.
އާއިލާއަށް އިތުރު ކުއްޖަކު އިތުރުވުމުން ކަރީނާގެ އާއިލާއިން ދަނީ ވަރަށް އުފާ ފާޅުކުރަމުންނެވެ. އަދި އެއާއިލާއިން ތިބީ ކްރިސްމަސް ދުވަސް އައުމުގެ ކުރިން ތައިމޫރް ގެއަށް ފޮނުވާލާނެ ކަމުގެ އުންމީދުގައެވެ.

ސައިފްއާއި ކަރީނާ އެދެމަރިފިންގެ ދަރިފުޅަށް ތައިމޫރްގެ ނަން ދިނުން ވެފައިވަނީ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަކަށެވެ.
ބައެއް ފޭނުންގެ މެދުގައި އެއީ ވަރަށް މަޤްބޫލް ނަމަކަށް ވީއިރު، އަނެއްބައި މީހުން ދަނީ ޕާޝިއާ އަދި އޭޝިއާގައި ވަރަށް ހަރުކަށިކޮށް ރަސްކަންކުރި އެމްޕެރާ ތައިމޫރްގެ ނަމުން ދަރިފުޅަށް ނަން ދިނުމުން، އެކަމާއިމެދު ނުރުހުން ފާޅު ކުރަމުންނެވެ.