Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ސިޓީގެ ހިތަދު އަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ޒެފިއާ ފުޓްސަލް ކަޕް 2016 އަށް ފަހު 15 އަހަރުން ދަށުގެ އައްޑޫ ކުޅުންތެރިންނަށް އަމާޒުކޮށް އެފްސީ ޒެފިއާ އަންޑަ 15 ފުޓްބޯލް ފެސްޓުގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޒެފިއާ ފުޓްސަލް ކަޕް 2016 އާ ހިލާފަށް މިމުބާރާތް ހުޅުވާލެވިފައިވަނީ މުޅި އައްޑޫ ސިޓީއަށެވެ. މިމަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުލުން މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިރޭ 9:00 އިން ފެށިގެން މުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ. ފޯމު ބަލައިގަތުމަށް 7666444 އަށް ގުޅުމުން ލިބޭނެ ކަމަށް އެފްސީ ޒެފިއާ އިން މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަކަށް 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ހަމަޖެހިފައިވެއެވެ. ބައިވެރިވުމަށް ނަގާ އެންޓްރީ ފީގެ ގޮތުގައި ކޮންމެ ޓީމަކުންވެސް ވެސް ނަގާނީ 500 ރުފިޔާއެވެ.

މިމުބާރާތަކީ އައްޑޫ ސިޓީގައި ތިބި ހުނަރުވެރި ކުދިން ބޮޑު މުބާރާތެއްގައި ބައިވެރިވެ އެކުދިންގެ ހުނަރު މުޅި ސިޓީއަށް ދައްކާލުމަށް ފަހިވެވޭ މަގެކެވެ. މުބާރާތުގައި ވީހާވެސް ގިނަ ޒުވާން ޓީމުތަކަށް އެފްސީ ޒެފިއާ އިން މަރުހަބާ ކިޔާނެއެވެ.