އާ އަހަރާ ދިމާކޮށް ހޮންޑާ ސައިކަލް ގަންނަ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ޝީޝާއިން ފަށައިފި އެވެ.
ޝީޝާއިން ބުނީ އަލަށް ފެށި ޕްރޮމޯޝަންގައި، ހޮންޑާ ސައިކަލް ގަންނަ ފަރާތްތަކުން ނަގުދު ފައިސާއިން ސައިކަލް ބައްލަވާގަންނަވާ ނަމަ 3000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.
މި ޕްރޮމޯޝަން ޝީޝާގެ ހުޅުމާލެ، މާލެ އަދި އައްޑޫ ޝޫވް ރޫމުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ޝީޝާ އިން ބުނީ މި ހާއްސަ ފުރުސަތުގައި ބައިވެރިވޭނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ މެދުވެރިކޮށް ސައިކަލް ގަންނަ ކަސްޓަމަރުންނަށް ކަމަށެވެ. އަދި ޝީޝާގެ އިންސްޓޯލްމަންޓް ސްކީމްގެ ދަށުން ސައިކަލް ނަގާ މީހުންނަށް މި ޑިސްކައުންޓް ނުލިބޭނެ ކަމަށް ވެސް ބުންޏެވެ.