ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ގައިނިކޮލޮޖިސްޓަކު ގެނެސްފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ހޮސްޕިޓަލާއި އަލަށް ގުޅުނު ގައިނީ ޑޮކްޓަރަކީ ނޭޕާލުގެ ޑޮކްޓަރެކެވެ. އޭނާ އާއި އެކު އެހެން އިތުރު ޑޮކްޓަރަކު ވެސް ވަނީ ހޮސްޕިޓަލާއި ގުޅިފައެވެ.
މިވަގުތު ހޮސްޕިޓަލްގައި ގައިނީއެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މިސްރުގެ ޑޮކްޓަރެއްކަމަށްވާ ޑރ. އަހުމަދު މުހައްމަދު އަލީއެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އަލަށް ހޮސްޕިޓަލް އާއި ގުޅުނު ޑޮކްޓަރު ދެތިން ދުވަހުގެ ތެރޭގައި ބަލިމީހުން ބައްލަވަން ފަށާނެކަމަށެވެ.