ފެނަކައިން ފޯރުކޮށްދޭ، ކަރަންޓް ހިދްމަތުން ތެލުގެ ސަޗާޖްގެ ގޮތުގައި 27 ލާރި ބޮޑުކުރަން ނިންމައިފި އެވެ.
ފެނަކައިން މި ބަދަލު ގެނައީ މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިން ވެސް ތެލުގެ ސާޗާޖް 27 ލާރިއަށް ބޮޑުކޮށްފައި ވަނިކޮށެވެ.
ފެނަކަ ކޯޕަރެޝަނުން ބުނީ އެކުންފުނި ހިންގަނީ ލިބޭ އާމްދަނީއަށް ބަލައިގެން ކަމަށާއި، އެތަނުގެ ކަރަންޓް އުފެއްދުމަށް ގަންނަ ތެލުގެ އަގުބޮޑުވާ ވަރަކަށް ސާޗާޖް ބޮޑުވަމުންދާނެ ކަމަށެވެ.
ސާޗާޖް ބޮޑުުމާއި ގުޅިގެން 1000 ރުފިޔާ އަރާ ކަރަންޓް ބިލް ތަކުން 200 އެއްހާ ރުފިޔާ ބޮޑުވެގެންދާނެއެވެ.
ފެނަކަ ކޯޕަރޭޝަނުން އެންމެ ބޮޑު ފައިދާއެއް ނަގަނީ އައްޑޫންނެވެ.