ލިންކް ރޯޑުން ދުއްވާފައި ދިޔަ ކާރެއް ފޮރުޅާލާފައި އޮއްވައި ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވާން ފަށައިފި އެވެ.

އެ ސަރަހައްދުގައި ހުރި "އައްޑޫލައިވް" ނޫސްވެރިޔާ ބުނީ ކާރު ފުރޮޅާލާފައި އޮތީ އާރްއޭފްގައި ހުންނަ "ރުއްފަތި" ކައިރިން ކަމަށެވެ.

އޭނާ ބުނީ ކާރު ދުއްވާފައި އައީ ގަމުން ހިތަދު އާ ވީކޮޅަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަން އިނީ ގަމުގެ ފްލައިން ސްކޫލުގައި ޕައިލެޓް ކޯސް ކިޔަވަމުންދާ ދަރިވަރެކެވެ.
އޭނާއަށް ފަރުވާ ދިނުމަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ.