Last Updated: June 27, 20:02
Saturday, June 27, 2026
މުނިފޫހިފިލުވުން

"އޭން އިވްނިން ވިތު އީމް" ފޭދޫގެ ކުޑަކުދިން ހެއްވާލައިފި

ލަވަކިޔުންތެރިޔާ އީމް ނިޒާމް މިއަދު ހަވީރު އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރާ އެކު ފޭދޫ ކުޑަކުދިން ހެއްވާލައިފި އެވެ.

ފޭދޫގެ އިތުރުން އައްޑޫގެ ހުރިހާ ރަށެއްގެ ކުޑަކުދިންނަށް އަމާޒުކޮށް އީމް އިންތިޒާމްކުރި މި ހަވީރަށް މަރަދޫ، މަރަދޫފޭދޫގެ އިތުރުން ހިތަދޫގެ ކުޑަކުދިންގެ ވެސް ތަރުހީބު ލިބިފައިވެ އެވެ.

އެކިއެކި މަޖާ ކުޅިވަރުތަކުގައި ބައިވެރިވެ އިނާމް ހާސިލް ކުރުމުގެ ފުރުސަތު ކުދިންނަށް ލިބުނުއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު ޕޮލިސް ސައިކަލެއްގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުރިހާ ކުޑަކުދިންނަށް މި ހަވީރުން ލިބުނެވެ.

ފޭދޫ ލިންކް ރޯޑް ކައިރީގައި އޮންނަ ކުޑަކުދިންގެ ޕާކުގައި ބޭއްވި މި ހަވީރުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް އިނާމެއް ލިބިފައިވެއެވެ.

މި ހަވީރުގައި ފޭސް ޕެއިންޓިން، ސްޕޮންޖް ޝޫޓިން ފަދަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.