Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

"ހޭހަން ޕްރޮޖެކްޓް" ގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

"ހޭހަން ޕްރޮޖެކްޓް" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫގައި ހިންގާ ފަސް މަސް ދުވަހުގެ ޕްރޮޖެކްޓަކަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހޯމް މިނިސްޓްރީގެ އެހީތެރިކަމާ އެކު މި މަހުގެ 19-22 އަށް ހިންގާ ޕްރޮގްރާމްގައި 15 މީހަކު ބައިވެރިވެ އެެވެ.

ތަމްރީނު ޕްރޮގްރާމް ބޭއްވީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.

ބައިވެރިންނަށް ސެޓްފިކެޓް ދޭން ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.