މިދިޔަ އަހަރުގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އަޔޫޝްމަން ކުރާނާގެ ދެވަނަ ފިލްމް "ނޯޓަންކީ ސާލާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
"ކުޗް ނާ ކަހޯ" އާއި "ދަމް މަރޮ ދަމް" ފަދަ ފިލްމްތައް ޑައިރެކްްޓްކޮށްފައިވާ ރޯހަން ސިއްޕީގެ "ނޯޓަންކީ ސާލާ" ގައި އަޔޫޝްމަންގެ އިތުރުން "ދިއްލީ ބެލީ" އިން ފެނިގެން ދިޔަ ކުނާލް ރޯއި ކަޕޫރު ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ. މި ފިލްްމްގެ ބަތަލާއިންގެ ތެރޭގައި އެވެލީން ޝަރްމާއި އާއި ޕޫޖާ ސަލްވީ ވެސް ހިމެނެ އެވެ.
ރޯހަން ސިއްޕީގެ ކުރީގެ ފިލްމްތަކުގައި ލީޑް ރޯލް އަދާކޮށްފައިވާ އަބީޝެކް ބައްޗަން "ނޯޓަންކީ ސާލާ" ގައި ފެނިގެން ދާނީ ހާއްސަ ފެނިލުމަކުންނެވެ.
"ނޯޓަންކީ ސާލާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އެޕްރީލް 12 ގަ އެވެ.