ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އައްޑޫގެ ޕްރީ ސްކޫލްތަކަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
ރާއްޖޭގެ ޕްރީ ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީގެ ބެއްލެވުމުގެ ދަށައް ބަދަލު ކުރުމަށް ފަހު ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްރީ ސްކޫލް ތަޢުލީމު ހިލޭ ފޯރުކޮށް ދެއްވުމަށް ނިންމަވައިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ އައްޑޫގައި ޕްރީ ސްކޫލް ތަޢުލީމު ފަށައި ގަތުމަށްޓަކައި ސްކޫލްތަކަށް ބޭނުންވާ މަރާމާތާއި ޖާގަ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ޕްރީ ސްކޫލް ކިޔަވަިއ ދިނުމަށް ބޭނުންވާ ސާމާން ހޯދައި އެތަކެތި ސްކޫލްތަކަށް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
އަދި ކިޔަވައި ދިނުމަށް ބޭނުންވާ މުދައްރިސުން ހޯދާ ނިމިފައިވާ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.