Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

"މުސާރަ ބޮޑު ކުރާކަށް ނޫޅޭ، މީޑިޔާތަކުން އޮޅުވާލީ"

ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަން ނިންމާފައިވާ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެފައިވާ ކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރު، އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުގެ ރައީސް ނ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭން އެ އަތޮޅު ލަންދޫގެ ސިވިލް ސާރވިސް މުވައްޒަފުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ ކަމަށް ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިޔާގައި އާންމުކޮށްފައިވާ ޚަބަރަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ ގެއްލޭގޮތަށް ފަތުރާފައިވާ ދޮގު ޚަބަރެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޑރ.އަލީ ޝަމީމްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، އާންމު އޮނިގަނޑުގައިވާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރަމުން ގެންދާ ކަމަށް ކަމަށެވެ.

" ދާދިފަހުން ސަރުކާރުންވަނީ ޕޭކޮމިޝަނެއް އުފައްދަވާފަ، އެކޮމިޝަން މެދުވެރިކޮށް ތިޔަބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް މިދަނީ މަސައްކަތްކުރަމުން ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭހާތަނުގައި ތިޔަބޭފުޅުން ހިތް އުފާވާފަދަ ޚަބަރެއް ލިބިގެންދާނެ" ޑރ.އަލީ ޝަމީމް ވިދާޅުވި ކަމަށް "ލަންދޫއިންފޯ" ވެބްސައިޓް އިން ރިޕޯޓްކޮށްފައިވެއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޑރ.އަލީ ޝަމީމްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، އާންމު އޮނިގަނޑުގައިވާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރަމުން ގެންދާ ކަމަށް ކަމަށެވެ.

ދިވެހިރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންގެ ގޮތުގައި، ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާއިރު، އެ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ، މުސާރަ ކުޑަވުމެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ލިބެންޖެހޭ އެކި އިނާޔަތްތައް ނުލިބި ލަސްވުމަކީ ވެސް ސިވިލް ސާވެންޓުންގެ ބޮޑު ޝަކުވާއެއްކަން ފާހަގަ ކުރެވެއެވެ.

ސިވިލް ސާރވިސްގެ ނޫސްބަޔާން