ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ގަތުމަށް 93 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއް ކުރުމަށް ޔުވެންޓަސް އިން ތައްޔާރުވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިނުގެ ކުޅިވަރު ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޔުވެންޓަސް އިން ކްރޫސް ހޯދުމަށް ނިންމާފައި ވަނީ އަންދްރޭ ޕިރްލޯ ނެތްތަން ފޫބެއްދުމަށްޓަކައެވެ. ރެއާލް މެޑްރިޑުގެ ކޯޗުކަމާއި ޒައިނުއްޒީން ޒިދާން ހަވާލުވިފަހުން ކްރޫސް އަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ މިދިޔަ ސީޒަނުގައި ކްލަބް ބަދަލުކުރަން ތައްޔާރުވި އެވެ. ނަމަވެސް ފަހު ވަގުތު ކްރޫސް ވަނީ ރެއާލް އާއި އެކު ކޮންޓްރެކްޓް އާކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ތަށްޓަށް އަމާޒުކޮށްފައިވާ ޔުވެންޓަސް އިން ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދި ގޮންޒާލޯ ހިގައިން ގަތުމަށް ވެސް ޔުވެންޓަސް އިން ވަނީ 93 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
މީޑީޔާ ރިޕޯޓްތައް ބުނާގޮތުން ކްރޫސްގެ މާކެޓް އަގު ކަމަށް ބުނާ 76 މިލިއަން ޑޮލަރަށޤ ވުރެ އިތުރު 25 މިލިއަން ޑޮލަރާ އެކު އޭނާ ވިއްކާލަން މެޑްރިޑުން އެއްބަސްވެދާނެ އެވެ.