Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

"ގައުމުގެ ހާލަތު ލާމަރުކަޒީ ނިޒާމަށް މަސައްކަތް ކުރި ހިސާބުގައި"

ލާމަރުކަޒީ ނިޒާމް ގެންނަން މަސައްކަތްކުރި ހިސާބަށް ދިވެހި ޤައުމުގެ ހާލަތު އައިސްފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.

އައިމަން މިގޮތަށް ވިދާޅުވެފައި ވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "މަ ބައްސާ" ގެ ނަމުގައި ގެނެސްދޭ ލާމަރުކަޒީ ނިޒާމާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

2008 ވަނަ އަހަރު ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ގެންނަން މަސައްކަތް ފެށި ހިސާބަށް އަލުން ދާންޖެހިފައިވާކަން ފާހަގަކުރައްވައި އައިމަން ވިދާޅުވި ގޮތުގައި އެހިސާބުން ފަށައިގެން މަސައްކަތް ކޮށްގެން ނޫނީ އިތުރު ކަމެއް ކުރެވެން ނެތް ކަމަށެވެ.

" ޤާނޫނުގައިވާ ގޮތަކަށް މަރުކަޒެއް ނުކުރޭ. އެއްވެސް ސަރުކާރަކުން އެކަމެއް ނުކުރޭ. ތިންވަނަ ކަމަކީ މާލީގޮތުން ލާމަރުކަޒުކުރުން. އެކަން ކުރާކަށް އެއްވެސް ސަރުކާރަކުން އެފުރުސަތެއް ނުދޭ." އައިމަން ވިދާޅުވިއެެެވެ.