Last Updated: June 26, 11:11
Friday, June 26, 2026
ވިޔަފާރި

ސްރީލަންކަން އިން ގަމާއި އޮމާނާ ދެމެދު ދަތުރު ފަށަނީ

ސްރީލަންކަންގެ ދަތުރުތައް ގަމާއި އޮމާން އާއި ދެމެދު ފެށުމަށް ވިސްނަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

އޮމާންގެ މުސްކަޓް ޑެއިލީގައި ސްރީލަންކަން އާއި ހަވާލާދީ ބުނެފައިވަނީ އެއެއާލައިން އިން އަރަބި މާކެޓު ފުޅާ ކުރުމަށް އޮމާން އާއި ގަމާއި ދެމެދު ދަތުރު ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްރީލަންކަން އިން އަންނަނީ ހަފްތާއަކު ހަތަރު ފްލައިޓް ގަމުން ކޮލަމްބޯއަށް އޮޕަރޭޓް ކުރަމުންނެވެ.

ސްރީލަންކަންއިން ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި ސްރީލަންކަން އިން ދަތުރުކުރާ އެހެން މަންޒިލްތަކަށް އައްޑޫއަތޮޅު ގަން ގުޅާލަދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ސްރީލަންކަންގެ ދަތުރުތައް ކޮލަމްބޯގައި މަޑުވުރެވޭނެ ކަހަލަ ގޮތަކަށް ރާވަމުންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިކަމަށް ޚާއްސަ ޕެކޭޖްތަކެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ސްރީލަންކަން އެއާލައިންސްއިން ބައިވެރިވެފައިވާ ވަންވޯލްޑް އެއާލައިންސް އެލަޔަންސްގެ ދަށުން ދުނިޔޭގެ 1000 އަށްވުރެ ގިނަ މަންޒިލްތައް ސީދާ ގަމާއި ގުޅި އޭގެ ނަފާ ދެކުނުގެ ފަތުރުވެރިކަމަށް ކުރާނެކަމަށް އެކުންފުނިން އުއްމީދުކުރެއެވެ.